އަންހެނަކާއި ދެ ކުދިން ރޭޕްކުރުމުގެ ތުހުމަތުވާ 9 މީހުންގެ ވަނަވަރު ހާމަކޮށްފި
ލިޔުންތެރިޔާ
ރޭޕްގެ ތުހުމަތުގައި ހައްޔަރުކުރި މީހުން -- ފޮޓޯ: ޕޮލިސް
އަންހެނަކާއި، 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެންކުދިން ގޭންގް ރޭޕްކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި 9 މީހުންގެ ބަންދުގެ މުއްދަތު ޖަހައި ވަނަވަރު އާއްމުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ދިވެހި ނުވަ ފިރިހެނުންނެވެ. މި އެންމެންނަކީވެސް އުމުރުން 21 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި 9 މީހުންނަކީ؛
1- ޙައްމަދު މައިސަން ޝިޔާޒު (21އ)
2- އަޙްމަދު އިފްތިޝާމް ޒަރީރު (24އ)
3- ނަޖުމުﷲ ޙަސަން (35އ)
4- ޢާޒިމް މުފީދު (24އ)
5- ޢަލީ ޙުޒާމް ސަޢީދު (31އ)
6- މުޙައްމަދު ޞާލިޙު އަޙްމަދު (26އ)
7- އަޙްމަދު ނޫޙު ނިޔާޒު (20އ)
8- މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ)
9- އަޙްމަދު ޞާނިޖު ޞާދިޤު (32އ) އެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުޙައްމަދު ޞާލިޙު އަޙްމަދު (26އ) އާއި، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) އާއި، ނަޖުމުﷲ ޙަސަން (35އ) އަދި އަޙްމަދު ނޫޙު ނިޔާޒު (20އ) 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން މުޙައްމަދު މައިސަން ޝިޔާޒު (21އ) 10 ދުވަހަށް، ޢާޒިމް މުފީދު (24އ) 15 ދުވަހަށް، އަޙްމަދު ޞާނިޖު ޞާދިޤު (32އ) 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ޢަލީ ޙުޒާމް ސަޢީދު (31އ) ތިންމަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުދީފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ވަނީ ތިނަދޫއަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް