ފުނަދޫގައި ރޯވި އަލިފާން ކޮންޓްރޯލް ނުވެ ގެތަކާއި ވޯކްޝޮޕްތަކަށް ފެތުރިއްޖެ
ލިޔުންތެރިޔާ
ށ، ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވެ އަނދަމުންދާއިރު އެސަރަހައްދުގައި ހުރި، 4 ގެއަކަށާއި، ވޯކްޝޮޕް އަދި ގަރާޖުފަދަ ތަންތަނަށް އަލިފާންގަނޑު ފެތުރިއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވީ، އަލިފާން އަދިވެސް ކޮންޓްރޯލް ނުވާއިރު، އެ ސަރަޙައްދުގައި ހުރި 4 ގެޔަކަށާއި 5 ވޯކްޝޮޕް ނުވަތަ ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފައި ކަމަށެވެ. އެ ސަރަޙައްދުގެ ގެތަކުން މީހުން މިހާރު ވަނީ ހުސްކުރެވިފައި ކަމުގައިވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވާކަމަށާއި، އަލިފާން ނިއްވުމުގައި ފުލުހުންނާއި، އެއާޕޯޓް ފަޔަރ އަދި އާންމުން ދަނީ ހަރަކާތްތެރިވަމުން ކަމުގައިވެސް އެންޑީއެމްއޭއިން ހާމަކުރެއްވިއެވެ. އަދި ކުޅުދުއްފުށިން އެމްއެންޑީއެފް ފަޔަރ ޓީމު މިހާރު ދަނީ އެރަށަށް ދަތުރުކުރަމުން ކަމުގައިވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
އަލިފާނުގެ މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހެނދުނު 8:15 ހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް