Post banner
ރާއްޖެ •

ށ. ފުނަދޫ ޕެޓްރޯލް ޝެޑެއްގައި ރޯވެ އަނދަނީ، ގެއެއްގައިވެސް ރޯވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ށ. ފުނަދޫ ޕެޓްރޯލް ޝެޑެއްގައި ރޯވެ އަނދަނީ، ގެއެއްގައިވެސް ރޯވެއްޖެ

ފުަނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ ---

ށ. ފުނަދޫގައި ހުރި ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދުނު 8:15 ހާއިރުގައި ކަމަށެވެ. އަލިފާން ރޯވި ޝެޑަކީ އަމިއްލަ މީހެއްގެ ޕެޓްރޯލް ޝެޑެކެވެ.

އަލިފާނުގެ މިހާދިސާގައި، ޕެޓްރޯލް ޝެޑްގައި ވަރަށް ބޮޑަށް ރޯވެ އަނދަމުންދާއިރު، އެސަރަހައްދުގައި ހުރި ގެއެއްގައިވެސް މިހާރު އަލިފާން ރޯވެފައިވާކަމަށް އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރެމުންދާކަމުގައި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރޯވެފައިވާ އަލިފާންގަނޑު ނިވާލެވޭތޯ ފުލުހުންނާއި، ރަށުގެ ރައްޔިތުންނާއި ކަމާއި މުއައްސަސާތަކުގެ މުަވއްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އަލިފާނުގެ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ނެތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް