Post banner
ރާއްޖެ

ފްލެޓް ލިބުމުން އެހެން ފަރާތަކަށް ކުއްޔަށްދިން މީހަކު ޖޫރިމަނާކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފްލެޓް ލިބުމުން އެހެން ފަރާތަކަށް ކުއްޔަށްދިން މީހަކު ޖޫރިމަނާކޮށްފި

އެފްޑީސީގެ ފްލެޓްތައް --

ސޯޝަލް ހައުސިންގ ސްކީމްގެ ތެރެއިން ދޫކުރި ފްލެޓެއް ލިބުނު މީހަކު، އެފްލެޓް އެހެން ފަރާތަކުން ކުއްޔަށް ދިނުމުން ޖޫރިމަނާކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 4،000 ހައުސިން ޔުނިޓް ލިބިފައިވާ ފަރާތަކުން އޭނާގެ ފްލެޓް އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާތީ، ޖޫރިމަނާކުރި އިރު، އިތުރު 3 މީހަކަށް އިންޒާރު ދީފައިވާ ކަމުގައި ފަހިދިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ފްލެޓް އެގްރިމެންޓްތަކުގައިވާ ގޮތުން، ސޯޝަލް ހައުސިންގ ސްކީމްތަކުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތަކުން އެފްލެޓް އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. އަދި ފްލެޓްގައި ދިރިއުޅެން ޖެހޭނީ ފްލެޓް ލިބިފައިވާ ފަރާތުންނެވެ. އެހެން ނަމަވެސް ސޯޝަލް ހައުސިންގ ސްކީމްތަކުގެ ތެރެއިން ފަރުދުންނަށް ދޫކުރާ ފްލެޓްތައް ދެވަނަ ފަރާތަކަށް ކުއްޔަށް ދިނުމަކީ، އާއްމުވެފައިވާ ކަމެކެވެ. އެކަމުގެ ޝަކުވާތައް ބޮޑު ނަމަވެސް މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅި އޮތުމުން އެމައްސަލަ އަންނަނީ ބޮޑުވަމުންނެވެ.

ފްލެޓް ލިބިފައިވާ ފަރާތުން، އެތަނުގައި ދިރިނޫޅެ އެހެން ފަރާތަކަށް ކުއްޔަށްދީފައިވާ ނަމަ އެއީ ފްލެޓް އެމީހެއްގެ އަތުން އަތުލެވޭނެ ކަމެއް ކަމުގައި، އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ފްލެޓް ކުއްޔަށްދީގެން މިހާތަނަށް އެއްވެސް މީހެއްގެ އަތުން ފްލެޓް އަތުލާފައެއް ނުވެއެވެ.

ރާއްޖޭގައި ޚާއްޞަކޮށް މާލެ ސަރަހައްދުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމުގައި ވީނަމަވެސް، އެމައްސަލައަށް ދެމެހެއްޓެނިވި ހައްލެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް