ރިއަލްއެސްޓޭޓް ބިލު ފާސްނުކުރަން އެދި ފައިސަލާއި އާޒިމްގެ ފަރާތުން މަޖިލީހަށް ސިޓީއެއް ފޮނުއްވައިފި
ލިޔުންތެރިޔާ
ސިޓީ ހުށައެޅުއްވުމަށްޓަކައި ފައިސަލާއި އާޒިމް މަޖިލީހުގެ އިދާރާގައި ---
ރިއަލްއެސްޓޭޓް ބިލު މަޖިލީހުން ފާސް ނުކޮށް ބޭރުކޮށްލުމަށް ގޮވާލާ "ފައިސަލްއާޒިމް" މަޖިލީހުގެ މެޖޯރިޓީ ލިޑަރާ މައިނޯރިޓީ ލީޑަރަށް ސިޓީ ފޮނުއްވައިފިއެވެ.
މި ދެސިޓީ މަޖިލީހުގެ އިދާރާއާ ހަވާލުކުރެއްވީވެސް އެ ދެބޭފުޅުން ވަޑަިއގެންނެވެ.
މިސީޓީތައް މަޖިލީހަށް ހުށައެޅުއްވުމަށްފަހު، ފައިސަލް އާއި އާޒިމްގެ ފަރާތުން ވަނީ، ނޫސް ބަޔާނެއްވެސް ނެރުއްވާފައެވެ. މަޖިލީހަށް ފޮނުއްވި ސިޓީފުޅުތަކާއި ފައިސަލް އާޒިމްގެ ފަރާތުން ނެރުއްވި ނޫސްބަޔާނުގައިވެސް ވަނީ ރަސްމާލެ މަޝްރޫޢުގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވާފައެވެ.
އެމަޝްރޫއާއި ގުޅޭ ގޮތުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ފައިސަލް ވިދާޅުވީ، މިސަރުކާރުން އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް އެބޭފުޅުންގެ ސަރުކާރެއްގައި އެ އެއްބަސްވުންތައް އުވައިލައްވާނެ ކަމަށެވެ.
ފައިސަލް ވިދާޅުވީ، ގައުމީ މަސްލަހަތު އެކުލެވޭ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހުރި ނެތް ގޮތް ބެލުމަށް ވޯޓު ނެގުމަކީ، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ ލާޒިމުކުރާ ކަމަކަށް ވިޔަސް، ރަސްމާލެ މައްސަލަ އެއާއި މުޅިން ތަފާތު ކަމަށެވެ. އަދި އެކަމުގައި ޚިޔާލު ހޯދުމުގެ ވޯޓެއްވެސް ނަގަން ނުޖެހޭ ކަމަށާއި އެއީ ކުރިޔަށް ގެންގޮސްގެންވާނެ މަޝްރޫޢެއްވެސް ނޫންކަމަށެވެ. މިގޮތުން އެމަޝްރޫޢުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ބޭރުގެ ބަޔަކަށް ރާއްޖޭގެ ބިމުގެ ބައެއް ނިމުމެއް ނެތް ގޮތެއްގައި ލިބުމުގެ މަގު ފަހިވެފައި އޮތުމެވެ.
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސިޔާސީ ފަރާތްތަކުންނާއި އާއްމުންވެސް އަންނަނީ އަޑު އުފުލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް