ސަރުކާރުން ހުށައެޅި ގޮތަށް އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލިސް ---
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައެޅި ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ބަޖެޓު ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓަކީ، 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މަޖިލީހުގެ ތަޅުމުގައި އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފައި ވަނީ، ބަޖެޓަށް 21 އިސްލާހެއް ހުށައަޅާފައި ވަނިކޮށެވެ. އެއިސްލާޙްތަކަކީ، އިދިކޮޅު އެމްޑީޕީން ހުށައެޅި އިސްލާޙް ތަކެކެވެ.
މިއަހަރުގެ ބަޖެޓު ފާސްކޮށްފައި ވަނީ، ޕީއެންސީއާ އަމިއްލަ މެމްބަރުންގެ ތެރެއިން 65 މެމްބަރުންގެ ވޯޓާއި އެކު އަޣުލަބިއްޔަތުންނެވެ. އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓު ފާސްކުރުމާއި ދެކޮޅަށް ވޯޓު ދެއްވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 13 މެމްބަރުންނެވެ.
އަންނަ އަހަރަށް ފާސްކުރި މި ބަޖެޓަކީ، މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓަށް ވުރެ، 4.5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.
ދައުލަތަށް ލިބޭނެ އާމްދަނީގެ ގޮތުގައި، ބަޖެޓުގައި 43.2 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު، މުޅި އާމުދަނީ ހުސްވެގެންދާނީ ދައުލަތުގެ ރިކަރެންޓް ޚަރަދަށް ކަމުގައި ބަޖެޓު ފޮތުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް