Post banner
ރާއްޖެ •

ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދު ކަނޑާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދު ކަނޑާލައިފި

ހުޅުމާލެ ސަހަރާގައި ކޮނެފައިވާ ކަށްވަޅެއްގައި ފެންބޮޑުވެފައި --- ފޮޓޯ: ސިޓީ ކައުންސިލް

މަރުވާ މީހުން ހުޅުމާލެ ސަހަރާގައި ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި، ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލުން މެދުކަނޑާލީ، އެ ސަހަރާގެ ފެން ތިލަވެ ކަށްވަޅުތަކުގައި ފެން ހެދޭތީއެވެ. މިދުވަސްވަރު މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، ހުޅުމާލޭގައި ފެންފަށަލަފަނީ ތިލަވެފައެވެ. އެހެންވެ ހުޅުމާލެ ސަހަރާގައި ކޮންނަ ކައްވަޅުތަކުގައި، 8 އިންޗި އާއި 9 އިންޗިއާއި ދެމެދަށް ފެންގަނޑު ހެދޭ ކަމުގައި މާލެ ސިޓީ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.

މީގެ ކުރިންވެސް މިގޮތަށް ދިމާވެ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދު ކަނޑާލާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް