އަންހެނަކާއި ކުޑަ ދެއަންހެންކުދިން ގޭންގް ރޭޕްކުރި މައްސަލައިގައި 9 މީހަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ --
އަންހެނަކާއި ކުޑަދެއަންހެންކުދިން ގޭންގް ރޭޕްކުރި މައްސަލައިގައި 9 މީހަކު ހައްޔަރުކޮށްފިއެވެ.
ގިނަ އަދަދެއްގެ ބަޔަކުވެގެން މި ނުބައި ޢަމަލު ހިންގާފައި ވަނީ، ގދ ތިނަދޫގައި ކަމަށް އެރަށުގެ ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުންގެ އިދާރާއިން އެންމެ ފުރަތަމަ ވިދާޅުވީ، އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، 2026 އޮކްޓޫބަރު 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ވަނީ ފާހަގަކުރެވިފައި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަތަކާއި ގުޅިގެން މިހާތަނަށް 9 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކޮށްފައިވާ އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށެވެ. އަދި އެމައްސަލަ ތަޙްޤީޤު ކުރުމަށް، ފުލުހުންގެ ޚާއްޞަ ޓީމެއްވެސް މިހާރު އެރަށަށް ގޮސްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް