Post banner
ރާއްޖެ •

ކުޅުދުއްފުށީ ބަނދަރުގައި އަޅާފައި އޮތް އާރްޓީއެލް ފެރީއެއް ދިޔަވެ އަޑިޔަށް ހިނގައްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުޅުދުއްފުށީ ބަނދަރުގައި އަޅާފައި އޮތް އާރްޓީއެލް ފެރީއެއް ދިޔަވެ އަޑިޔަށް ހިނގައްޖެ

އަޑިޔަށް ދިރަ އާރްޓީއެލްގެ ފެރީ ލޯންޗު -- ފޮޓޯ: އެމްއެންޑީއެފް

ހދ.ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗެއް ދިޔަވެ އަޑިޔަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ހދ.ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗެއް ދިޔަވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ހދ.ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް މި ލޯންޗު،  ދިޔަވާން ފެށިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު 05:35 ހާއިރުގައި ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ގޮސް ލޯންޗަށް ދިޔަވުން ހުއްޓުވުމަށް ފަޔަރމަނުން ކުރި މަސައްކަތުން، ލޯންޗަށް ދިޔަވުން ކޮންޓްރޯލް ކުރެވިފައިވަނީ 07:50 ހާއިރުގައި ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވެފައި ވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހި ލޯންޗަށް ފެންއެޅި، ލޯންޗުގެ ސައިލެންސަރއަށް ފެން ވަދެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް