ކަރަންޓް ޝޯޓުވެ މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ލިޔުންތެރިޔާ
އަލިފާން ރޯވޮ ގޭގެ އެޕާޓްމެންޓެއް -- ފޮޓޯ: އެންޑީއެމްއޭ
ކަރަންޓް ޝޯޓެއްގެ ސަބަބުން މާލޭގެ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންޔަކެއް ލިބިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ މިހާދިސާގެ ރިޕޯޓް ލިބުނީ މިއަދުގެ 15:12 ހާއިރު ކަމަށާއި އަލިފާން ނިވާލެވުނީ، ގަޑިއެއްހައި އިރުގެ މަސައްކަތުން ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނާގައި ވަނީ ހ. އުނިހިޔާގެ 3ވަނަ ފަންގިފިލާގައެވެ. އަލިފާނުގެ މިހާދިސާގައި އެގޭގެ އެހެން ފަނގިފިލާތަކަށްވެސް ގެއްލުން ލިބުނެވެ. މިގޮތުން އެގޭގެ ހަތަރު ފަންގިފިލާއަކަށް އަލިފާނުގެ އަސަރު ކުރިއެވެ. އެހެން ބޮޑަށް ގެއްލުންވީ 4 ވަނަ ފަންގިފިލާއަށެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވީ، ހ. އުނިޔާގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، މި ހާދިސާގައި އެ ޢިމާރާތުގެ 3، 4، 5 އަދި 6 ވަނަ ފަންގިފިލާއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި އަދި އެތަނުގައި ދިރިއުޅޭ 23 ފަރާތަކަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ. މީގެއިތުރުން، އެންމެ ބޮޑަށް ގެއްލުންވި 4 ވަނަ ފަންގިފިލާގައި ދިރިއުޅޭ 7 ފަރާތަކަށް އަންނައުނުގެ އެހީތެރިކަން ވެސް މިހާރު ވަނީ ފޯރުކޮށްދެވިފައި ކަމުގައި އެންޑީއެމްއޭއިން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް