ވައި ނުސާފުވެ ދުރު ފެންނަ ނިސްބަތް 2 ކިލޯމީޓަރަށް ދަށްވެއްޖެ
ލިޔުންތެރިޔާ
ފޮޓޯ: ރައްޔިތުންގެ ނޫސް --
އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ ވައި ނުސާފުވުމުގެ މައްސަލަ އާއި ގުޅިގެން، ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ވައި ނުސާފު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުަގައި، ދުން ފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް ދަނީ ކުރަމުންނެވެ. މިގޮތުން ކުރިޔަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ކުރާ މިންވަރު ބޮޑު ވާނެ ކަމުގައި މެޓް އޮފީހުން ހާމަކުރައްވާފައި ވެއެވެ. އަދި މިއަދު އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ، މެދުތެރޭގެ އަތޮޅުތަކަށް ކަމަށާއި، ދުރުފެންނަ ނިސްބަތް 2 ކިލޯމީޓަރަށް ދަށްވެފައިވާ ކަމުގައިވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
މެޓް އޮފީހުން ވަނީ، ބޭރުގައި އެކި ކަންކަމުގައި އުޅޭ ފަރާތްތަކުން އެޗްޕީއޭއިން ދެއްވާ އިރުޝާދުތަކަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް