އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓްގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަންދީފި
ލިޔުންތެރިޔާ
ހިޔާގެ 11 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓް -- ފޮޓޯ: އެންޑީއެމްއޭ
ހުޅުމާލެ ފޭސް 2 ގެ ހިޔާގެ އެޕާޓްމެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ އެޕާޓްމަންޓްގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފިއެވެ.
މިއަދު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ހިޔާގެ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެވެ. އަލިފާނުގެ މިހާދިސާގައި އެ އެޕާޓްމަންޓްގެ ބަދިގެއަށް ގެއްލުންވެ، އަލިފާނުގެ ބޯދުމުގެ ސަބަބުން ވަނީ އެޕާޓްމަންޓްގައި ދިރިނޫޅެވޭ ވަރަށް ގެނދަބުޅި ހިފާފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ، އަލިފާނުގެ މިހާދިސާ އާއި ގުޅިގެން، އެގޭގައި ދިރިއުޅޭ 4 ފަރާތަކަށް 1 ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި 5 ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމްތައް ހަމަޖައްސައިދީފައިވާ ކަމަށެވެ.
އަލިފާނުގެ މިހާދިސާގައި އެ އެޕާޓްމަންޓްގައި ދިރިއުޅޭ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް