ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވަމުންދާކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ލިޔުންތެރިޔާ
ރައީސް ނަޝީދު އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި އެކު -- ފޮޓޯ: އެމްޑީޕީ
މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވަމުންދާކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އަސްކަރީ ގޮތުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވަނިކޮށް އެކަމާއި ގުޅިގެން ނުރުން ފާޅު ކުރައްވައި ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން މިދަނީ ގެއްލެމުން ކަމަށެވެ. އަދި ވާދަވެރި ޤައުމުތަކުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވަދެގެން ނުވާނެ ކަމަށާއި، ޕާކިސްތާނާއި އެކު މިލިޓަރީ ގުޅުންތައް ފުޅާކުރުމަކީ، އިންޑިއާގެ ކަންބޮޑުވުންތައް އިތުރުވާނެ ކަމެއް ކަމަށާއި، ރާއްޖެއަށް ނުރައްކާވާނެ ކަމެއް ކަމުގައިވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަކީ، އިންޑިއާ އާއި ގާތްގުޅުމެއް ބާއްވާ އަދި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާ ވެެއްދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަވެގެންދާނޭ ގޮތަށް އެމަނިކުފާނުގެ ވެރިކަމުގައި ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވެސް ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް