ރަސްމާލެ މަޝްރޫއާ ދެކޮޅު އެއްވުމުގެ ވަގުތާއި ދިމާވާ ގޮތަށް ފަތުވާ ކައުންސިލުން ދަރުހެއް ބާއްވަނީ
ލިޔުންތެރިޔާ
ފަތުވާ ކައުންސިލުން އެންމެ ފަހުން ބޭއްވި ދަރުސްގެ ތެރެއިން ---
ރަސްމާލެ މަޝްރޫޢާއި ދެކޮޅަށް، އިދިކޮޅު ޕާޓީ އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ އެއްވުމުގެ ވަގުތާއި ދިމާވާ ގޮތަށް، ދީނީ ދަރުހެއް ބޭއްވުމަށް ފަތުވާ ކައުންސިލުން ނިންމައިފިއެވެ.
ފަތުވާ ކައުންސިލުން މިރޭ ހާމަކޮށްފައިވާ ގޮތުގައި، އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މިދަރުސްގެ މައުލޫއަކީ، 'ރިބާ - އިޚްތިޔާރެއްތަ؟' މިމަޢުޟޫއެވެ.
މިދަރުސް ދެއްވާނީ، ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާންކަމަށާއި، ދަރުސް އޮންނާނީ، 26 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށްވެސް ސްޕްރީމް ކައުންސިލް ފޯރ ފަތުވާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހާމަކޮށްފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދަރުހެއް ބާއްވަން ނިންމައި އެކަން އިޢުލާނުކޮށްފައި ވާއިރު، އެވަގުތަކީ، ރަސްމާލެ މަޝްރޫއާއި ދެކޮޅަށް އިދިކޮޅު ޕާޓީ އެމްޑީޕީ އިސްވެ އޮވެ މުޒާހަރާ ކުރުމަށްވެސް ނިންމާފައިވާ ވަގުތެވެ. އެކަން އެމްޑީޕީން އިޢުލާނުކުރީ މީގެ ދެދުވަސް ކުރިންނެވެ.
ފަތުވާ ކައުންސިލުން މީގެ ކުރިންވެސް ދަރުސްތައް ބާއްވާފައި ވެއެވެ. އެހެން ނަމަވެސް އެންމެ ފަހުން ދަރުހެއް ބާއްވާފައި ވަނީ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް