Post banner
ރާއްޖެ •

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ފިލްމީ ތަރިން ދޫކޮށްލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ފިލްމީ ތަރިން ދޫކޮށްލައިފި

ފުލުހުންގެ އިދާރާ --

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގެ މައްސަލައިގައި ހައްޔަރުކުރި، ފިލްމީތަރިންގެ ތެރޭގައި ހިމެނޭ ތިން މީހުންވެސް ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހުން ބަންދުން ދޫކޮށްލާފައި ވަނީ އެމީހުންނަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަޙްޤީޤު ނިމުމުން ކަމަށެވެ. އެމީހުންގެ މައްސަލަތައް މިހާރު ވަނީ، ދައުވާކުރުމަށް ޕްރިސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ކަމުގައިވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

އޮކްޓޫބަރު މަހުގެ 8ވަނަ ދުވަހުގެ ރޭ ފުލުހުން ވިލާމޭގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ، އަހުމަދު އަޒްމީލް (އަޒޭ) އާއި އިސްމާއިލް ޖުމައިހު (ޖުމާ) އަދި މުހައްމަދު ވިޝާލް (ރޯމަން) އެވެ. އޭގެ އިތުރުން އަޒޭގެ ކޮއްކޮ ޝާހިލް މުހައްމަދުވެސް އެދުވަހު ހައްޔަރުކުރިއެވެ. އޭނާވެސް ވަނީ މިހާރު ބަންދުން ދޫކޮށްލާފައެވެ.

އެމައްސަލައިގައި އެމީހުން ހައްޔަރުކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ އެމީހުން ތިބި ކޮޓަރީގެ ތެރެއިން، މަސްތުވާތަކެތިވެސް ފެނުނު ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް