Post banner
ރާއްޖެ •

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގެމަނަފުއްޓަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގެމަނަފުއްޓަށް

ފާއިތުވި 24 ގަޑިއިރުގެ މޫސުމީ ރެކޯޑްތަކަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ، ގއ. ގެމަނަފުއްޓަށްކަން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.

އެއިދާރާއިން ހާމަކޮށްފައިވާ، ފާއިތުވި 24 ގަޑިއިރުގެ މޫސުމާއި ބެހޭ ރެކޯޑްތަކުން ދައްކާގޮތުގައި އިއްޔެގެ ހެނދުނު 8 އިން މިއަދުގެ ހެނދުނު 8އަށް ގއ. ގެމަނަފުއްޓަށް 101.8 މިލިލީޓަރުގެ ވާރޭވަނީ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ެވެހިފައި ވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 90.3 މިލި ލީޓަރުގެ ވާރޭ ވެހުނުއިރު، މާލެއަށް 90 މިލިލީޓަރުގެ ވާރޭ ވެހުނެވެ.

ރާއްޖޭގެ ސަރަހައްދަށް މޫސުމް ގޯސްވެފައި ވާއިރު، އިއްޔެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން، މެދުތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓްވެސް ނެރުނެވެ.

އިއްޔެ އާއި ރޭ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެ އާއި އަތޮޅުތަކުގެ ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި ހަފްތާ ބަންދުގައިވެސް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި ވިއްސާރަ ކުރަމުންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް