Post banner
ރާއްޖެ

ކުންފުންޏެއްގެ އެކައުންޓުން ތިންލައްކައެއްހައި ރުފިޔާ ނެގި ބަޔަކު ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުންފުންޏެއްގެ އެކައުންޓުން ތިންލައްކައެއްހައި ރުފިޔާ ނެގި ބަޔަކު ހައްޔަރުކޮށްފި

ފުލުހުން ހައްޔަރުކުރި 10 މީހުން -- ފޮޓޯ ޕޮލިސް

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއްގައި 10 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

ހައްޔަރުކުރި 10 މީހުންނަކީ؛

1- މުޙައްމަދު ޙަސަން (59އ) - ލ. އިސްދޫ / ގުޑްލައިފް

2- އަލީ ޢިރުފާނު އަޙްމަދުދީދީ (26އ) - ސ. ހިތަދޫ / އުދަ

3- ޢަލީ ޝިރާޒު (38އ) - ސ. ހިތަދޫ / ނަންރީތިގެ

4- ޢަބްދުﷲ ނާފިޛް (39އ) - ހދ. ވައިކަރަދޫ / ޕެރިމްރޯޒް

5- މުޙައްމަދު ޢަލީ (42އ) - ގއ. ކަނޑުހުޅުދޫ / ފޫހިވާގެ

6- މުޙައްމަދު ނުހާދު ޢަލީ (30އ) - މ. މާލޭގެއާގެ / މާލެ

7- މުޙައްމަދު ސިމާދު (38އ) - ހއ. ކެލާ / ޕެނަމާ

8- އަލީ އިމްރާން (38އ) - ގދ. ފިޔޯރީ / ހީނާމާގެ

9- ޢަބްދުﷲ އިސްރާޤް (19އ) - ގދ. ތިނަދޫ / ގުލްބަކާގެ

10- މުޙައްމަދު އިބްރާހީމް (49އ) - ކ. ހިންމަފުށި / މެޑޯޒް،

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހައްޔަރުކުރި 10 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އިބްރާހީމް ފަސްދުވަހަށް، މުޙައްމަދު ޢަލީއާއި މުޙައްމަދު ޙަސަން ހަތްދުވަހަށް، ޢަލީ ޢިރުފާން އަޙްމަދުދީދީ 10 ދުވަހަށް އަދި އަނެއް ހަ މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުދީފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މީހުންގެ ތެރެއިން ހަ މީހުންނަކީ ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށް ފައިސާ ނަގާފައިވާ މީހުން ކަމަށެވެ. އަދި އެތަނުން އެކަކު، ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް އެ ފައިސާ އަށް މުދާ ގަނެފައިވާ ކަމަށާއި، އަނެއް 3 މީހުންނަކީ އެކި މީހުން އޭޓީއެމްއަށް ގެންގޮސްގެން އެ މީހުން މެދުވެރިކޮށް އޭޓީއެމްއިން ފައިސާ ނެގުމަށްފަހު އެ ފައިސާތަކާ ހަވާލުވެފައިވާ މީހުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް