ހުޅުމާލެ ބޮޑު މިސްކިތުގެ ގޯތިތެރޭގައި ހުރި ގަސްތައް ކަނޑާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުޅުމާލެ ބޮޑު މިސްކިތް --- ފޮޓޯ: ރައްޔިތުންގެ ނޫސް
ހުޅުމާލޭގައި ހުންނަ އެންމެ ބޮޑު މިސްކިތް، މަސްޖިދުމް މުޙައްމަދުބިން ޤާސިމްގެ ގޯތިތެރޭގައި ހުރި ގަސްތަކާއި ރުއްތައް ކަނޑާލައިފިއެވެ.
އެމިސްކިތް ރޯދަޔަށް މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަށް ދާއިރު، އެމިސްކިތުގެ ގޯތިތެރޭގައި ހުރި ރުއްތަކާއި ގަސްތައް ކަނޑާލީ، އޭގެ ބަދަލުގައި ކަދުރުރުއްތައް އިންދައި އެސަރަހައްދަށް ބަދަލުތަކެއް ގެނައުމަށް ކަމުގައި އެނގިފައިވެއެވެ.
ހުޅުމާލޭގެ އެމިސްކިތުގެ ގޭޓުގެ އުތުރު ފަރާތުން އޮތް ބައިގައި ހުރި ދިވެހި ރުއްތަކާއި ގަސްތައް ނަގައި އެތަނުގައިވެސް ވަނީ ކަދުރު ރުއްތައް އިންދާފައެވެ. މީގެ އިތުރުން މާލޭ ސިޓީކައުންސިލުން ގެންދަނީ، މިސްކިތްތައް ޒީނަތްތެރި ކުރުމަށް މިސްކިތްތަކުގެ ގޯތިތެރޭގައި ކަދުރުރުއްތައް އިންދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް