Post banner
ރާއްޖެ •

ހަވާ އަރުވާ މަންޒަރު ބަލާލާށާއި ކާސަލް ބަލާލަން ގިނަ ބަޔަކު ޖަމާވި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަވާ އަރުވާ މަންޒަރު ބަލާލާށާއި ކާސަލް ބަލާލަން ގިނަ ބަޔަކު ޖަމާވި

ފޭސް 2ގައި ހަދާފައި ހުރިތަން ބަލާލަން ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި --- ފޮޓޯ: ރައްޔިތުންގެ ނޫސް

މަޝްހޫރު ވިޔަފާރިވެރިއަކު އޭނާގެ ކާފަ ދަރިފުޅުގެ އުފަން ދުވަހުގެ ޕާޓީއަށް ތައްޔާރު ކުރި ކާސަލް އާއި ހަވާއެރުވުމުގެ މަންޒަރުތައް ބަލާލަން ގިނަ ބަޔަކު މިރޭ އެސަރަހައްދަށް ޖަމާވެއްޖެއެވެ.

މިއީ މާލެ ސަރަހައްދުގައި މިފަދަ ތަނެއް ހެދި ފުރަތަމަ ފަހަރެވެ. މިތަނަކީ، ޕާޓީގެ ޑެކަރޭޝަންގެ ގޮތުގައި ތައްޔާރުކޮށްފައިވާ ތަނެކެވެ. މިއަދު ހަވީރުން ފެށިގެން ޕާޓީ ކުރިޔަށް ދިޔައިރު، މިރޭގެ 8 ޖެހި އިރު އެދިމާއިން ކަނޑުތެރޭގައި ވަނީ ހަވާވެސް އަރުވާފައެވެ.

ކާސަލް ބަލާލަން ގިނަ އަދަދެއްގެ ކުޑަކުދިން ގޮވައިގެން މިރޭ ބެލެނިވެރިން އެސަރަހައްދަށް ޖަމާވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް