ފޭސް 2ގައި ހުރި ކާސަލްއަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިއްޖެ
ލިޔުންތެރިޔާ
ހުޅުމާލެ ފޭސް 2 ގެ އިރުމަތީ ފަރާތުގައި ޕާޓީއެއް ބޭއްވުމަށް ހަދާފައިވާ ކާސަލް --- ފޮޓޯ: ރައްޔިތުންގެ ނޫސް
ހުޅުމާލެ ފޭސް 2ގެ އިރުމަތީ ފަރާތުން، ބީޗް މަގަސް ވާގޮތަށް ހަދާފައިވާ "ކާސަލް"އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
އެތަނުގެ ފޮޓޯތަކާއި، ވީޑިއޯތައް، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މިހާރު ދަނީ ދައުރުވަމުންނެވެ.
މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި އެތަނަކީ، ރާއްޖޭގެ ވިޔަފާރިވެރިއަކު އޭނާގެ ކާފަ ދަރިފުޅުގެ ޕާޓީއެއް ބޭއްވުމަށް ތައްޔާރު ކުރި ތަނެކެވެ. އެތަން ހަދާފައި ވަނީ، ކުޑަކުދިންގެ މެދުގައި މަޤުބޫލު ޑިޒްނީ ލޭންޑްގެ ކާސަލްތަކާއި އެއްގޮތަށެވެ. މިޕާޓީ އޮންނަނީ މިއަދު ކަމަށް އެނގިފައިވެއެވެ.
އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި، މިރޭ 19:30އާއި 21:30އާ ދެމެދުގެ ވަގުތެއްގައި ގައި ހުޅުމާލެ ފޭސް 2ގެ އިރުމަތީ ފަރާތުން ކަނޑުގައި، ޕްރައިވެޓް އިވެންޓަކަށް 7 މިނެޓަށް ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެހެން ނަމަވެސް އެއީ ކޮން އިވެންޓެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައި ނުވި ނަމަވެސް ހަވާ އަރުވަނީ، މިރޭގެ މި ޕާޓީ އޮންނަ ދިމާއިން ހުޅުމާލެ ފޭސް 2ގެ އިރުމަތީ ފަރާތުގައި ކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް