މުދާ އުފުލާ ދޯންޏެއް ދިޔަވަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން ފަށައިފި
ލިޔުންތެރިޔާ
ދިޔަވަމުން ދިޔަ ދޯނި -- ފޮޓޯ: ފުލުހުން
ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ "ރާސްތާ" ނަމަކަށް ކިޔާ މުދާ އުފުލާ ސަޕްލައި ދޯންޏެއް، ދިޔަވަމުންދާތީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެދޯނި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބުނު އިރު ދޯނި އޮތީ، ފުވައްމުލަކާއި، ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުގައި ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ. މި ހާދިސާގެ މައުލޫމާތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ގެ މެންދުރުފަހު 15:08 ހާއިރުގައި ކަމުގައިވެސް ފުުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެދޯނީގައި ތިބީ، ހަތަރު ދިވެހިންނާއި ބިދޭސީއަކާއެކު ޖުމްލަ ފަސް މީހުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް