Post banner
ރާއްޖެ •

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކަށް ތައްޔާރުވުމަށް އިލްތިމާސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކަށް ތައްޔާރުވުމަށް އިލްތިމާސްކޮށްފި

ގދ. ފިޔޯރީގައި ފެންބޮޑުވެފައި -- ފޮޓޯ: އެންޑީއެމްއޭ

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައިފާނެތީ އެކަމަށް ދުރާލައި ތައްޔާރުވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓަރމެނޭޖްމެންޓް އޮތޯރިޓީން އިލްތިމާސްކުރައްވައިފިއެވެ.

އެއިދާރާއިން މިކަމަށް އިލްތިމާސްކުރައްވާފައި ވާއިރު، ރޭ ދަންވަރު 1:30 އިން ފެށިގެން ގދ. ފިޔޯރީއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ 90 އިންސައްތަގެއަށް ވަނީ ފެންވަދެފައެވެ. ނަމަވެސް، އެއްވެސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް އަދި ދިމާވެފައި ނުވާކަމުގައި އެންޑީއެމްއޭއިން ވިދާޅުވެފައި ވެއެވެ.

ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވެފައި ވާއިރު، ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިހާރު ވަނީ، ހުވަދު އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައެވެ. ހުވަދު އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައި ވަނީ، މިއަދުގެ މެންދުރުފަހު 1:30 އިން ފެށިގެން، 16:30 ގެ ނިޔަލަށެވެ. މިގޮތުން ބޯކޮށް ވާރޭވެހުމާއި އެކު ވިދައި ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމުގައި، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް