ރައީސް ޑރ.މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް ޝަރަފު އަރުވައިފި
ލިޔުންތެރިޔާ
ރައީސް ޑރ.މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް ޝަރަފު އެރުވުން -- ފޮޓޯ: ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީސް
ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު މިއަދު އަރުވައިފިއެވެ.
ސްލާމިކް ޔުނިވާސިޓީގެ ފަރާތުން އޮނަރަރީ ޑޮކްޓަރޭޓް އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފް އެވެ. މިރަސްމިއްޔާތު އޮތީ، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު ބޭއްވި ރަސްމީ ބައްދަލުކުރެއްވުމުގެ ތެރޭގައެވެ.
މިއީ، ޕާކިސްތާނުގެ ރައީސް، ޢާޞިފް ޢަލީ ޒަރުދާރީގެ ފަރާތްޕުޅުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވި، ޝަރަފެއް ކަމުގައި، ސަރުކާރުން ހާމަކުރައްވާފައި ވެެއެވެ.
މިޝަރަފް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައި ވަނީ، އެމަނިކުފާނު، ރާއްޖޭގެ އާއްމު ޚިދުމަތްތައް ތަރައްޤީ ކުރެއްވުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ރަނގަޅުކޮށް ތަރައްޤީކުރުމުގައި ހޯއްދަވާފައިވާ ކުރިއެރުންތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމުގައިވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް