Post banner
ރާއްޖެ •

ރާއްޖެއާ ޕާކިސްތާނާއި ދެމެދު 20 ފަހުމުނާމާގައި ސޮއިކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރާއްޖެއާ ޕާކިސްތާނާއި ދެމެދު 20 ފަހުމުނާމާގައި ސޮއިކޮށްފި

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --

ދިވެހިރާއްޖެ އާއި ޕާކިސްތާނާއި ދެމެދު 20 ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާތަކުގައި ސޮއިކޮށްފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިސްލާމް އާބާދުގައި ހުންނަ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީގެކޮޅުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

މިއަދު ސޮއިކުރު މިފަހުމުނާމާތަކުގެ ތެރޭގައި ދެ ޤައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމާއި ގުޅޭ ފަހުމުނާމާއެއްވެސް ހިމެނެއެވެ، މީގެ އިތުރުން މިއަދު ސޮއިކޮށްފައިވާ ފަހުމުނާމާތަކުގެ ތެރޭގައި، މަސްވެރިކަމާއި ދަޑުވެރިކަމާއި، ވައިގެ ދަތުރުފަތުރާއި ވިޔަފާރި އާއި ތިމާވެށީގެ ދާއިރާއިން އެއްބާރުލުންދީ ގުޅުން ބަދަހި ކުރުމުގެ ފަހުމުނާމާތައް ހިމެނެއެވެ. އަދި މީގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި، އަސްކަރީ ގުޅުންތަކާއި، ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމާއި، ސިވިލްސަރވިސްގެ ޚިދުމަތްތަކާއި، ތަޢުލީމާއި ތަމްރީންނާއި، ޞިއްޙީ ޚިދުމަތްތަކާއި ގުޅޭ ދާއިރާތަކުގެ އިތުރުން، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުމާއި، ސައިބަރ ސެކިއުރިޓީ އާއި އާޓިފިޝަލް އިންޓަލިޖެންސްގެ ދާއިރާތަކުން ދެޤައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ ފަހުމުނާމާތަކުގައި މިއަދު ސޮއިކޮށްފައި ވެއެވެ.

ޕާކިސްތާނާއި އެކު ދިވެހިރާއްޖެއިން މިއަދު ގިނަ ފަހުމުނާމާތަކެއްގައި ސޮއިކުރި އިރި، ރާއްޖޭގެ ޞިއްޙީ ދާއިރާއަށާއި އުފެދުންތެރިކަމުގެ ސިނާޢަތްތަކަށް ޕާކިސްތާނުން އިތުރު އެހީ ހޯދުމަށް ސަރުކާރުން މަސައްކަތްތައް ކުރާނެ ކަމުގައި ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް