Post banner
ރާއްޖެ •

ޕާކިސްތާނުން ރައީސަށް ރަސްމީ މަރުޚަބާ ދަންނަވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޕާކިސްތާނުން ރައީސަށް ރަސްމީ މަރުޚަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ޕާކިސްތާނުގެ ސަރުކާރުން އެމަނިކުފާނަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ.

މަރުޙަބާ ދެންނެވުމުގެ މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއަށް ޕާކިސްތާނު ސަރުކާރުގެ ޢިއްޒަތްތެރިން ތަޢާރަފްކޮށް އެރުވި އިރު، މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުން، ޕާކިސްތާނުގެ ބޮޑުވަޒީރަށް ވަނީ ތަޢާރަފްކޮށް ދެއްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ގަސް އިންދުމުގެ ޙަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ގަހެއް އިންދަވައި ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮކްޓޫބަރު 20 އިން 22 އަށް ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް