Post banner
ރާއްޖެ •

އެއްލައްކަ މެމްބަރުން ހަމަވިތާ 24 ގަޑިއިރު ނުވަނީސް ޕީއެންސީގެ މެމްބަރުންގެ އަދަދު 99 ހާހަށް ވެއްޓިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެއްލައްކަ މެމްބަރުން ހަމަވިތާ 24 ގަޑިއިރު ނުވަނީސް ޕީއެންސީގެ މެމްބަރުންގެ އަދަދު 99 ހާހަށް ވެއްޓިއްޖެ

ޕީއެންސީގެ ޖަލްސާއަކަށް ތައްޔާރުވުމުގެ ތެރެއިން -- ފޮޓޯ: ޕީއެންސީ

އެއްލައްކަ މެމްބަރުން ހަމަވިތާ 24 ގަޑި އިރުވެސް ނުވަނީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރުންގެ އަދަދު އެއްލަކައިން ދަށަށް ވެއްޓިއްޖެއެވެ.

މިއަދު މެންދުރާއި ހަމައަށް، އައި އިރު ޖުމުލަ 153 މީހުން އެޕާޓީން ވަކިވެ، މެމްބަރުންގެ އަދަދު 99،930އަށް ވެއްޓުނެވެ. އޭގެ ފަހުން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން މިހާރު، ސިޔާޕާޓީތަކުގެ މެމްބަރުގެ އަދަދުގެ ލައިވް އަޕްޑޭޓެއް ނުފެނެއެވެ.

ޕީއެންސީގެ މެމްބަރުންގެ އަދަދު 1 ލައްކައި މައްޗަށް އެރީ ރޭގެ އިރާކޮޅުގައެވެ. އެޕާޓީން އެކަމުގެ އުފާފާޅުކޮށް، ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރިތާ 12 ގަޑި އިރުވެސް ނުވަނީސް 150 ވުރެ ގިނަ މީހުން ޕާޓީން ވަކިވެ މެމްބަރުންގެ އަދަދު 1 ލައްކަށްއަވުރެ ދަށަށް މިހާރު ވަނީ ވެއްޓިފައެވެ. ޕީއެންސީއަށް މެމްބަރު އިތުރު ކުރުމަށްޓަކައި ފައިސާ ދީގެން ޕާޓީއަށް މީހުން ވައްދަމުންދާކަމުގެ އަޑުތަކެއް ސޯޝަލް މީޑިއާގައި ފެތުރިފައި ވެއެވެ. އޭގެ އިތުރުން، ވަގު ފޯމްތައް ހުށައަޅައިގެން މީހުންނަށް ނޭނގި އެޕާޓީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީކޮށްފައިވާ މައްސަލަތަކެއްވެސް މީގެ ކުރިން ފެންމަތިވެއެވެ. އަދި އެމައްސަލަ ބައެއް ފަރާތްތަކުން ފުލުހުންނަށްވެސް ހުށައެޅިއެވެ.

ރާއްޖޭގައި އަބަދުވެސް އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް ވެފައި އޮންނަނީ އެއިރެއްގައި ވެރިކަމުގައި އޮންނަ ޕާޓީއެވެ. އަދި ވެރިކަން ލިބުމަށްފަހުގައި އެޕާޓީއަކަށް މީހުން އިތުރުކުރުމަށް ނުފޫޒާއި ދައުލަތުގެ ވަޞީލަތްތައް ނުހަމަ ގޮތުގައި ބޭނުން ކުރަމުންވެސް ގެންދެއެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭއިރު، އެފައިސާ ދެނީ، ޕާޓީގެ ދަފްތަރުގައި ތިބޭ މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ. މިގޮތުން އެންމެ ގިނަ ފައިސާ ލިބެނީ އެންމެ މެމްބަރުން ގިނަ ޕާޓީއަކަށެވެ. ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10000 މެމްބަރުންނަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށެވެ. މިވަގުތު 10000 މެމްބަރުންނަށް ވުރެ ގިނައިން، މެމްބަރުން ތިބީ، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގަޔާއި އިދިކޮޅު މައިޕާޓީ އެމްޑީޕީގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް