ރާއްޖެ
•
ހުޅުމާލެ ފޭސް 3 ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ލިޔުންތެރިޔާ
ފޭސް 3 ގައި އަލިފާން ރޯވެފައި - ފޮޓޯ: ރައްޔިތުންގެ ނޫސް
ހުޅުމާލެ ފޭސް 3 ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަަލިފާން ރޯވެފައި ވަނީ ފޭސް 3 ގެ ގޮނޑުދޮށުގައި އޮތް ކުނިފުންޏެއްގައެވެ. މިތަނަކީ އެފްޑީސީ ފްލެޓްތަކަށް މީހުން ބަދަލުވިއިރު އުކާލި ކާޑު ބޯޑާއި ފިލަޔާއި ލަކުޑިޔާއި އަދި ބައު ފަރުނީޗަރު ފަދަ ތަކެތި އަޅާފައިވާ ކުނިފުންޏެކެވެ.
އެތަނުގައި އަލިފާން ރޯވެފައި ވަނީ، މިއަދު މެންދުރުފަހު 2:20 ހާއިރުގައެވެ. މިއަލިފާން ނިވާލުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަމަނުން މިހާރު ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް