ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ވަޑައިގެންފި
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނަބަލުން އިސްލާމްއާބާދު އެއާޕޯޓަށް ފައިބައި ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ރައީސުލްޖުމްހޫެރިއްޔާގެ ދެ ކަނބަލުން މިރޭ ޕާކިސްތާނަށް ވަޑައިގެންފިއެވެ.
އިސްލާމްއާބާދު އިންޓަނޭޝަނަލް އެއަރޕޯޓަށް ރައީސުލްޖުމްހޫރިއްޔާޑރ. މުހައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ފައިބާވަޑައިގަތުމުން، މަރުޙަބާ ދެންނެވުމުގެ ގޮތުން 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުން އޮންނާނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމުގައިވާ ޕްރައިމް މިނިސްޓަރ ހައުސްގައި، މާދަމާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެވަޑައިގަންނަވާނީ، މިހަފްތާގެ ބުރާސްފަތި ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް