އިރާނަށް ބޮޑު ކާމިޔާބެއް: ފައިޓާ ޖެޓްތަކަށް ތެޔޮ އެޅުމަށް ބޭނުން ކުރާ އެމެރިކާގެ 5 މަތިންދާބޯޓު ހަލާކުކޮށްލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އީރާނުން ހަލާކުކޮށްލި ބާވަތުގެ މަތިންދާބޯޓުތަކެއް ---
އީރާނަށް ހަމަލާތައް ދިނުމުގައި ބޭނުން ކުރާ އެމެރިކާގެ ފައިޓާ ޖެޓްތަކަށް ވައިގެ ތެރޭގައި ތެޔޮއެޅުމަށް ބޭނުން ކުރާ، ފަސް މަތިންދާ ބޯޓު އީރާނުގެ ހަމަލާއެއްގައި ހަލާކުކޮށްލައިފިއެވެ.
އީރާނުން ދިން ޑްރޯން ހަމަލާތަކުގައި އެ ބޯޓުތައް ހަލާކުކޮށްލާފައި ވަނީ، ސައޫދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއާ ބޭސްގައި ޕާކުކޮށްފައި ވަނިކޮށެވެ. އެމެރިކާގެ އެއާފޯސްގެ ފަސް "ރިފިލިން ޕްލޭން" އީރާނުން ހަލާކުކޮށްލިކަން، އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގައިވެސް ވަނީ ރިޕޯޓްކޮށްފައެވެ.
އީރާނުގެ މިހަމަލާތަކުގައި އެމެރިކާ އަސްކަރިއްޔާގެ ޤާބިލްކަމަށް އަސަރު ކުރަމުންދާއިރު، ބުދަ ދުވަހުގެ ރޭވެސް ވަނީ، އެމެރިކާގެ ފައިޓާ ޖެޓްތަކަށް ވައިގެ ތެރޭގައި ތެޔޮއެޅުމަށް ބޭނުން ކުރާ މަތިންދާ ބޯޓެއް ޢިރާޤުގެ ތެރެއަށް ވެއްޓި އެބޯޓުގައި ތިބި އެމެރިކާ ސިފައިންގެ 5 މީހުން މަރުވެފައެވެ. އެބޯޓު ވެއްޓުނީ، ހަމަލާއެއްގެ ސަބަބުން ނޫންކަމަށް އެމެރިކާއިން ބުނިނަމަވެސް، އިރާޤުގެ މުޖާހިދުންނާއި، އީރާނުންވެސް ބުނެފައި ވަނީ އެބޯޓު ވައްޓާލީ ހަމަލާދީގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް