އެމްޑަބްލިއުއެސްސީ ގެ އެމްޑީ މަތީން އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިސްތިއުފާ ދެއްވި ސަބަބެއް ބަޔާންކޮށްފައެއް ނުވޭ -- ގްރެފިކްސް: ރައްޔިތުންގެ ނޫސް
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވާފައިވާކަން ހާމަކުރައްވައި، މަތީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުން އޭނާ މިއަދުންފެށިގެން އިސްތިއުފާ ދެއްވާފައިވާކަމަށެވެ.
ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.
މަތީން މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިސްތިއުފާދެއްވިއިރު މިދިޔަ ހަފްތާގައި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވަމުން ގެއްދެވި ބައެއް އެހެން ބޭފުޅުންވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި މިއަދު ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ސީއީއޯ އަދި އެމްޑީ ވަނީ އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް