ގއ ދާންދޫ ދިރާގު ސައިޓްގައި ހުރި ސޯލާ ޕެނަލްތަކުގައި ރޯވެއަނދައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާން ރޯވި ޕެނަލްތައް ---
ގއ. ދާންދޫގައި ދިރާޤުން ޖަހާފައިވާ އެންޓަނާ ސައިޓްގައި ހުރި ސޯލާ ޕެނަލްތަކުގައި ރޯވެ އަނދައިފިއެވެ.
މިހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނުއެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވީ، ސޯލާޕެނަލްތަކުގައި ރޯވެފައި ހުއްޓައި ފެނުނީ އެސަރަހައްދަށް ދިޔަ އާއްމު މީހަކަށް ކަމަށެވެ. އަދި އޭނާ އެކަން ރިޕޯޓް ކުރުމުން އެސަރަހައްދަށް ގޮސް އަލިފާން ނިވާލީ، ފުލުހުންނާއި އާއްމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކަމުގައި އާސިފް ވިދާޅުވިއެވެ.

އިރުގެ އަވިން ކަރަންޓް އުފެއްދުމަށް ދިރާގުން ޖަހާފައި ހުރި، ސޯލާ ޕެނަލްތަކުގެ ތިން ދިމާއަކުން އަލިފާން ރޯވެފައި ހުރި ކަމަށް އާސިފް ވިދާޅުވިއެވެ.
މިހާދިސާގައި އެހެން ތަނަކަށް އަދި މީހަަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ދިރާގު ސައިޓަށް ކަރަންޓް ދިނުމަށް ބޭނުންކުރާ މިސޯލާ ޕެނަލްތައް ހަލާކުވި ނަމަވެސް އެރަށުގައި ދިރާގުންދޭ މުވާޞަލާޠީ ޚިދުމަތްތަކަށް ބުރޫއަރާފައި ނުވާކަމުގައި އާސިފް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް