އަނެއްކާވެސް ބައްޕަޔަކު އުފަން އަންހެންދަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ --
އުމުރުން، 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް، އެކުއްޖާގެ ބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަޕަރ ސައުތު ޕޮލިސްގައި ހިނެނޭ ރަށެއްގައި، އިތުރުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާ އާއި ނަފްސާނީ އަނިޔާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުސްވި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ފުލުހުންގެ އިދާރާއިން ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.
މިނިމުނު ހަފްތާގައި ވަނީ، މެދު ދެކުނު ޕްރޮވިންސްގައި ހިމެނޭ، ރަށެއްގެ އުމުރުން 28 އަހަރުގެ ފިރިހެނަކު އޭނާގެ އުފަން އުމުރުން 3 އަހަރުގެ ކުޑަ އަންހެންދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް