ހިރިލަންދޫ ޖެޓީ ތަޣައްޔަރުވާ މައްސަލަ ހައްލުނުވެ ދިގުލާތީ މުޒާހަރާކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކޮޅުމަޑުލު ހިރިލަންދޫ ސިނާޢީ ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތަކުން، އުކާލާމަހުގެ ބައިތަކާއި އަދި ފިއްލެއު މޫދަށް އަޅާ މައްސަލަ ހައްލުނުވެ ގިނަ ދުވަސްވެ ޖެޓީތެރެ ތަޣައްޔަރުވަމުންދާތީ. ޑިންގީތަކާއި އޮޑިދޯނި ފަހަރުގެ ވެރިން މުޒާހަރާކޮށްފިއެވެ.
މުޒާހަރާއިގާ އާންމު ރައްޔިތުންގެ އިތުރުން ރަށުގެ ޑިންގީތަކުގެ ވެރިން ވަނީ ބައިވެރިވެފައެެވެ.
ރަށު ޖެޓީއަށް ކަޅުތެލާއި ފިއްލެއު އަންނަ މައްސަލައާ ގުޅިގެން ރަށުގެ ބައެއް ޒުވާނުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްއެވެ.
މުޒާހަރާއަށް ދިޔަ މީހުން މިހާރުވަނީ ސުލްޙަވެރި މުޒާހަރާއަކަށް ފަހު އެތަންދޫކޮއް ގޮސްފެވެ.

"މި މައްސަލަ ހައްލުކުރުމަށް ކައުންސިލުން މިހާރު ވަނީ މަސްކައްކާ ފަރާތްތަކާއި ރަށުގެ އެކި އެހެނިހެން ފަރާތްތަކާ މަޝްވަރާކޮށް ރަށުން ފިއްލެއު ބޭރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ނިންމާފައި. މިގޮތުން، ރަށުގައި އުފެދޭ ފިއްލެއު ދުވަހުން ދުވަހަށް ރަށުން ބޭރުކުރުމަށް އެމަސައްކަތް ބަޔަކާއި ހަވާލުކުރުމަށޤ އަންނަ ހަފްތާގައި ބީލަމަށް ހުޅުވައި ލެވޭނެ." ހިރިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލު ވިދާޅުވިއެވެ.
ކޮޅުމަޑުލު ހިރިލަންދޫއަކީ، ވަރަށް ފުޅާދާއިރާއެއްގައި މަސްކައްކައި ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ރަށެކެވެ. އެރަށުގައި މަސްކައްކައި ހިއްކުމުގެ މަސައްކަތަށް ޚާއްޞަ ސަރަހައްދެއް ކަނޑައަޅައި ބިންދޫކޮށްފައި ވާއިރު، މަސްކައްކައި ހިއްކުމުގެ މަސައްކަތުގައި އުފެދޭ ކުންޏާއި މަހުގެ ބައިތަކާއި، ފިއްލެއުފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތައިލެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި ނެތުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމެކެވެ.
ޚަބަރު ލިޔުނީ: ޢަލީ ފާއިމް - ރަށުރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް