Post banner
ވިކުރާ

އެމްޕީއެލް އިން ލޮޖިސްޓިކް ވިޔަފާރީގެ ތެރެއަށް ވަދެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމްޕީއެލް އިން ލޮޖިސްޓިކް ވިޔަފާރީގެ ތެރެއަށް ވަދެއްޖެ

އެމްޕީއެލްއިން އައު ކުންފުންޏެއް ހަދައި ލޮޖިސްޓިކް ވިޔަފާރީގެ ތެރެއަށް ވަނުން -- ފޮޓޯ: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައި އެވިޔަފާރި ފަށައިފިއެވެ.

އެމްޕީއެލްގެ ލޮޖިސްޓިކް ކުންފުނީގެ ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ މިހާރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިންނެވެ.

އެކުންފުނީގެ ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވީ މިސަރުކާރުގެ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ.

އެމްޕީއެލްއިން އެކަމާއި ގުޅޭ ގޮތުން އާއްމުކޮށްފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ، އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކެއް ދަތިކަމެއް ނެތި ފޯރުކޮށްދިނުން ކަމަށެވެ. މީގެ އިތުރުން އެމްޕީއެލްއިން މިހާތަނަށް ދެމުން އައި ޚިދުމަތްތައް އަލަށް އުފެއްދި ކުންފުނީގެ ދަށަށް ބަދަލުކޮށްފައި ވާކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އަލަށް އުފެއްދި ކުންފުނިން، ކޮމާޝަލް ވެއާހައުސިންގެ ޚިދުމަތްވެސް ފޯރުކޮށްދޭނެ ކަމުގައި އެމްޕީއެލްއިން ވަނީ ބުނެފައެވެ.

އެމްޕީއެލްއިން ލޮޖިސްޓިކް ވިޔަފާރީގެ ތެރެއަށް ވަތްއިރު އެވިޔަފާރި ކުރަމުން އަންނަ ރާއްޖޭގެ އަމިއްލަ ބައެއް ކުންފުނިތަކުން އަންނަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް