ޚަރަދު ކުޑަކުރަން ޢީދު ލައިޓް ނުދިއްލަން ނިންމި އިރު މިއަހަރުވެސް 8 މިލިއަން ރުފިޔާގެ ޢީދު ލައިޓް ގެނައި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޢީދަށް ހުޅުމާލެ ސެންޓްރަލް ޕާކު ދިއްލާފައި --- ފޮޓޯ: ރައްޔިތުންގެ ނޫސް
ހަނގުރާމަ އާއި ގުޅިގެން ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްގެ ގޮތުން ރަށްރަށުގައި ޢީދު ލައިޓްތައް ނުދިއްލުމަށް ނިންމާފައި ވާއިރު، މިއަހަރުވެސް 8 މިލިއަން ރުފިޔާގެ އީދު ލައިޓް ސަރުކާރުން ގަނެ ސިޓީތަކަށް ފޮނުވާފައިވާކަން އެނގިއްޖެއެވެ.
ރައީސް އޮފީހުގެ އޮފިޝަލެއްގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި، މިއަހަރު ވަރަށް ކުލަގަދަކޮށް ޢީދު ލައިޓްތައް ދިއްލުމަށްޓަކައި އެކަމަށް 112 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ސަރުކާރުން ފިނޭންސް މިނިސްޓްރީ އާއިއެކު މަޝްވަރާތައް ކުރިއެވެ. އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީން އެކަމަށް ދެކޮޅު ހެދުމުން އެންމެ ފަހުން ހަމައެކަނި ސިޓީތަކަށް އިތުރު ލައިޓްތައް ގެނައުމަށް 8 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެނގިފައިވާ ގޮތުގައި 8 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ގަތް ޢީދު ލައިޓްތައް ރާއްޖެ ގެނެސްފައި ވަނީވެސް އެއަރފްރައިޓްކޮށެވެ. އަދި ހަނގުރާމަ އާއި ގުޅިގެން ހަމައެކަނި ސިޓީތަކުގައި ޢީދު ލައިޓްތައް ދިއްލުމަށް ނިންމި އިރު، ފަހުންގަތް ލައިޓްތައް ހުރީވެސް ރާއްޖެ ގެނެސް ސިޓީތަކަށްވެސް ފޮނުވާފައެވެ.
އީދު ލައިޓްތައް ގަތުމަށް ފާއިތުވި ދެއަހަރާ ބައިގެ ތެރޭގައި 84 މިލިޔަނަަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާކަން ކުރިން އާއްމުކޮށްފައިވާ މައުލޫމާތުން އެނގިފައި ވެއެވެ. މިގޮތުން 2024 ވަނަ އަހަރު 48 މިލިޔަން އަދި 2025 ވަނަ އަހަރު، 28 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އީދު ލައިޓްތައް ދިއްލުމަށް، ލައިޓް ގަތުމުގައި އޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިނގަމުން އަންނަ ކަމުގައި އިދިކޮޅު ސިޔާސީ ފަޜާތްތަކުންނާއި އާއްމުންވެސް ތުހުމަތުކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް