Post banner
ރާއްޖެ

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ހ. ފަހިވައި ގޭގެ 7 ވަނަ ފަންގިފިލާގައެވެ. އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ފުލުސް އޮފިސަރަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިނީ އޭނާގެ އަތް ކަނޑައިގެން ދިޔުމުގެ ސަބަބުން ކަމަށެވެ.

އަލިފާނުގެ މިހާދިސާގައި އިތުރު މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭގެ 20:41 ހާއިރުގައި ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް