Post banner
ރާއްޖެ

ހުކުމް ތަންފީޒް ކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުކުމް ތަންފީޒް ކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

ހުޅުމާލެ ޖަލު --- ފޮޓޯ: އާފަތިސް

ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ ގައިދީއަކު މިއަދު ނިޔާވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ވިދާޅުވީ، މިއަދު ނިޔާވީ، ދަފްތަރު ނރ. 439 / އިބްރާހިމް ސުޙެއިލް (53އ) ކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.

އެމްސީއެސްއިން ވިދާޅުވީ، އޭނާއަކީ، 2025 ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައިމީހެއް ކަމަށެވެ. އަދި އިބްރާހިމް ސުޙެއިލްގެ ސިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއްހައި ދުވަސް ވެފައިވާ ކަމަށާއި، އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން އެބައްޔަށް ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނު 9:05 ހާއިރުގައި ކަމަށްވެސް އެމްސީއެސްއިން ވިދާޅުވިއެވެ.

އެމްސީއެސްއިން ވިދާޅުވީ، އިބްރާހިމް ސުޙެއިލް ނިޔާވުމާ ގުޅިގެން އެ ސަރވިސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް