Post banner
ރަށްރަށުން

ހަނިމާދޫ ކައުންސިލްގެ އިންޓަރ އޮފީސް ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ މެޗު ވީ އެއްވަރު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަނިމާދޫ ކައުންސިލްގެ އިންޓަރ އޮފީސް ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ މެޗު ވީ އެއްވަރު

ހަނިމާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރ އޮފީސް ހޭންޑް ބޯލް މުބާރާތުގެ ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ފުރަތަމަ މެޗުގައި ބައްދަލުކުރީ، ހަނިމާދޫ ކައުންސިލްގެ ޓީމާއި، ހަނިމާދޫ ހެލްތު ސެންޓަރުގެ ޓީމެވެ. މިމެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ.

މި މެޗުގައި ފުރަތަމަ ލީޑު ނެގީ ހަނިމާދޫ ކައުންސިލުގެ ޓީމުންނެވެ. ނަމަވެސް، ހެލްތު ސެންޓަރުގެ ޓީމުން ހިތްވަރު އެލުވާނުލައި ކުޅެ މެޗުގެ ނަތީޖާ ފުރަަތަމަ ހާފާ ނިމުމުގެ ކުރިން ހަމަހަމަކުރިއެވެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-1 ނަތީޖާ އަކުން އެއްވަރު ވެގެންނެވެ. ދެވަނަ ހާފުގައިވެސް ކޮންމެ ޓީމަކުން އިތުރުން 3 ލަނޑުޖަހައި މެޗު ނިމިގެން ދިޔައީ އެއްވަރުވެގެންނެވެ.

މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ ކައުންސިލްޓީމުގެ ޖޯޒީ ނަންބަރު 12 ރީޝާ އެވެ.

ޚަބަރު ލިޔުނީ: މުހައްމަދު މުއާޒް – ރަށު ރިޕޯޓަރު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް