Post banner
ވިކުރާ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ޢުމްރާ ދަތުރުތަކަށް ނަގާ އަގު ބޮޑުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ޢުމްރާ ދަތުރުތަކަށް ނަގާ އަގު ބޮޑުކޮށްފި

ހައްޖުކޯޕަރޭޝަންގެ އިސްވެރިން --- ފޮޓޯ: ހައްޖު ކޯޕަރޭޝަން --

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރުތަކުގެ އަގު ބޮޑުކޮށްފިއެވެ.

ހައްޖުކޯޕަރޭޝަނަކީ، ރާއްޖެއިން އެންމެ ގިނަ މީހުން ޢުމްރާއަށް ގެންދާ، ސަރުކާރު ޙިއްޞާވާ ކުންފުންޏެވެ.

އެކޯޕަރޭޝަނުން އަގުބޮޑުކޮށްފައި ވަނީ، ރަމަޟާން މަހުގެ އުމްރާ ދަތުރުތަކުގެ އަގެވެ. މިގޮތުން، ކުރިން މުޅި ރަމަޟާން މަހުގެ އުމްރާ ދަތުރުގެ އަގަކީ، 48،965ރ ނަމަވެސް، މިހާރު ނެގުމަށް ހަމަޖައްސާފައި ވަނީ، 55،965ރ އެވެ. އަދި ރަމަޟާން މަހުގެ ފަހު 15 ދުވަހުގެ އުމްރާ ދަތުރަށް ކުރިން ނަގަމުން އައީ، 45،965ރ ނަމަވެސް މިހާރު ވަނީ އެއަގު 50،965ރއަށް ވަނީ ބޮޑުކޮށްފައެވެ.

ހައްޖު ކޯޕަރޭޝަނުން ޢުމްރާ ދަތުރުތަކުގެ އަގު ބޮޑު ކުރި ނަމަވެސް ރަމަޟާން މަސް ނޫން އެހެން މަސްތަކުގައި ކުރާ ޢުމްރާ ދަތުރުތަކުގެ އަގަށް ބަދަލެއް ގެނައިކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން މީހުން އުމްރާއަށް ގެންދާ އަމިއްލަ ކުންފުނިތަކަށްވުރެ، ހައްޖު ކޯޕަރޭޝަނުން ޢުމްރާ ދަތުރުތަކަށް ނަގާ އަގުތައް ބޮޑެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް