އިންޓަރ އޮފީސް ފުޓުސަލް މުބާރާތުގެ ފުރަތަމަ މެޗުވީ އެއްވަރު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހަނިމާދޫ ކައުންސިލްގެ އިންޓަރ އޮފީސް ފުޓުސަލް މުބާރާތުގެ ފުރަތަމަ މެޗު އޭ.އާރް.އެފް.އެފް ފަޔަރ އާއި ހަނިމާދޫ ފެނަކަ ޓީމް ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ފުރަތަމަ މެޗުގައި ރޭ ބައްދަލު ކުރީ، އޭ.އާރް.އެފް.އެފް ފަޔަރ އާއި ހަނިމާދޫ ފެނަކަ ޓީމު ބައްދަލު ކުރި އިރު، ފުރަތަމަ ލަނޑެއް ޖަހައި ލީޑު ނެގީ، ފެނަކައިންނެވެ. ފުރަތަމަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ، އެޓީމްގެ ފޯވާރޑް ނޫރުﷲ ތޯހާ (ނޫރީ) އެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ، 1-0ގެ ނަތީޖާއަކުން ފެނަކަ ޓީމުކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ފެނަކަ ޓީމުން، އިތުރު ގޯލެއް ޖަހާއި ލީޑު ފުޅާކުރިއެވެ.
އޭ.އާރް.އެފް.އެފް ފަޔަރ ޓީމުން މެޗުގެ ނަތީޖާ ބަދަލުކޮށްލީ ފަހަތުން އަރައި 2 ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްގެންނެވެ. އެޓީމަލަށް ގޯލްތައް ކާމިޔާބުކޮށްދިނީ، އަޙްމަދު މުޖުތަބާ އާއި ސަމްހާނެވެ. ސަމްހާނަކީ، ފަސްޓް ޑިވިޝަންގައިވެސް ކުޅޭ ކުޅުންތެރިއެކެވެ.
މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނި އޭ.އާރް.އެފް.އެފް. ފަޔަރ ޓީމުގެ އަލި ޝާހް އެވެ.
ހަބަރު ލިޔުނީ: މުހައްމަދު މުއާޒް – ރަށު ރިޕޯޓަރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް