classified
ރާއްޖެ

ދާއިމީ އެޑްރެހަކީ ދިވެހިރައްޔިތުން "އައިޑެންޓިފައި" ކުރަން ބޭނުންކުރަންޖެހޭ ގޮތެއް ނޫން: ޑރ. ޝަމްހީދު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދާއިމީ އެޑްރެހަކީ ދިވެހިރައްޔިތުން "އައިޑެންޓިފައި" ކުރަން ބޭނުންކުރަންޖެހޭ ގޮތެއް ނޫން: ޑރ. ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަދައްކަވަނީ -- ފޮޓޯ: މަޖިލިސް

ދާއިމީ އެޑްރެހަކީ ދިވެހި ރައްޔިތުން "އައިޑެންޓިފައި" ކުރަން ނުވަތަ ދެނެގަންނަން ބޭނުންކުރަންޖެހޭ ގޮތެއް ނޫންކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވީ، ގަލޮޅު އުތުރުދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ރަށެއްގެ ރައްވެއްސަކަށް ވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

ޑރ. ޝަމްހީދު ވިދާޅުވީ، ދާއިމީ އެޑްރެހަށް ބިނާކޮށް އެ ގައުމެއްގެ ރައްޔިތުން ދެނެގަތުމަށް ހަމައެއް ގެންގުޅުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަން ކުރާ އުސޫލެއް ނޫންކަމަށެވެ.

"ގައުމެއް ބަދަލުވެގެންދާއިރު، އަޅުގަނޑުމެންނަކީ އެއް ރައްޔިތެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެން އެބަޖެހޭ. އެއް ހަމައެއްގައި ތިބި ބައެއްގެ ގޮތުގައި ދެކެން އެބަޖެހޭ"

ޑރ. ޝަމްހީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ޑރ. ޝަމްހީދު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތަށް ކޮންމެ ދިވެހި ރައްޔިތަކީވެސް އެއް ހަމައަކުން މިންކުރަންޖެހޭނެ ބައެއް ކަމަށެވެ. އަދި އެމީހަކު ދިރިއުޅޭ ތަނަކާއި ހިޖުރަކުރާ ތަނެއްގެ ސަބަބުން އެ މީހަކު ތަފާތު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީން ބަޔާންކުރާ ކަމަށް މެންބަރު ވިދާޅުވިއެވެ.

އަދި ގާނޫނުއަސާސީގައި ދާއިމީ ވަކި އެޑްރެހެއް އޮވެ، ރަށްވެއްސަކަށް ވާންޖެހޭނެ ކަމަށް ނުބުނާ ކަމަށް ޑރ. ޝަމްހީދު ފާހަގަކުރެއްވިއެވެ.

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް