Post banner
ރާއްޖެ

2025 ވަނަ އަހަރު ކެންސަރު ބަލީގެ ފަރުވާއަށް 2،000 ވުރެއް ގިނަ މީހުން ރާއްޖެއިން ބޭރަށް ފޮނުވި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

2025 ވަނަ އަހަރު ކެންސަރު ބަލީގެ ފަރުވާއަށް 2،000 ވުރެއް ގިނަ މީހުން ރާއްޖެއިން ބޭރަށް ފޮނުވި

2025 ވަނަ އަހަރު ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވި މީހުންގެ އަދަދު 2،000 އަށް ވުރެއް ގިނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

2025 ވަނަ އަހަރު އެކަނިވެސް ކެންސަރު ބަލީގެ ފަރުވާއަށް 2،000 ވުރެއް ގިނަ މީހުން ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށް ހެލްތް މިނިސްޓަރު ގީލާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ފާހަގަކުރެއްވީ ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވާ މީހުންގެ އަދަދު އަހަރުން އަހަރެއް އިތުރުވަމުންދާކަމަށެވެ.

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި 2023 ވަނަ އަހަރު ޖުމްލަ 1،638 މީހުން ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، 2024 ވަނަ އަހަރު 1،996 މީހުން ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ. އަދި 2025 ވަނަ އަހަރު ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވި މީހުންގެ އަދަދު 2،000 އަށް ވުރެއް ގިނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

 2024 ވަނަ އަހަރުގެ މި އަދަދަކީ 2023 ވަނަ އަހަރާއި އަޅާކިޔާއިރު ޖުމްލަ 358 މީހުންގެ އިތުރުވުމަކަށްވާއިރު، މިނިސްޓަރު ވިދާޅުވީ ފަރުވާއަށް ފޮނުވާ ފަރާތްތަކުގެ ތެރޭގައި މުޅިން އަލަށް ފޮނުވި މީހުންނާއި ފަރުވާގެ ބާވަތުގެ ގޮތުން ތަކުރާރުކޮށް ފޮނުވި މީހުން ހިމެނޭކަމަށެވެ. މީގެ އިތުރުން އަވައްޓެރި ގައުމުތަކުގައި ދިރިއުޅޭ މީހުން ވެސް މީގެ ތެރޭގައި ހިމެނޭކަމަށް މިނިސްޓަރ ގީލާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ކީމޯ ތެރަޕީ ގާއިމްކުރުމުން 2025 ވަނަ އަހަރު ހުޅުމާލެ ހޮސްޕިޓަލުން އެކަނިވެސް 755 މީހުން ހިދުމަތް ހޯދާފައިވާކަމަށެވެ. އަދި ކީމޯ ތެރަޕީގެ ހިދުމަތް ރާއްޖެއިން ބޭރުން ހޯދާފައިވަނީ 39 މީހުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް