Post banner
ރާއްޖެ

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގ. ފުންފަޅު ގޭގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައި އަލިފާން ރޯވި ކަމުގެ ރިޕޯޓްކޮށްފައި ވަނީ މިރޭގެ 22:49 ހާއިރުގައި ކަމަށެވެ.

އެ އެޕާޓްމެންޓްގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހާދިސާ އާ ގުޅިގެން ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އަދި ހާދިސާއާ ގުޅިގެން އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ކަމާބެހޭ އިދާރާތަކުން ދަނީ ފޯރުކޮށްދެމުން ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް