އެކްސިޑެންޓެއްގައި އަނިޔާވި ދޮށީ އުމުރުގެ މީހާ ނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަބޫބަކުރު ޢަބްދުﷲ
މި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު، ބ އޭދަފުށޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ، ބ. އޭދަފުށީ ސީސަންގޭ އުމުރުން 83 އަހަރުގެ އަބޫބަކުރު ޢަބްދުﷲ އެވެ.
އޭނާ ނިޔާވީ، އެކްސިޑެންޓާއި ގުޅިގެން ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން އަންނަނިކޮށް މިއަދު އެވެ. އޭނާގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދުގެ އަސުރު ނަމާދަށްފަހު މާލޭ އާސަހަރާގައެވެ.
އަބޫބަކުރު ޢަބްދުﷲއަކީ އަސާގަނޑެއްގެ އެހީގައި ހިނގާބިނގާވެ އުޅުނު މީހެކެވެ. އޭނާ އެކްސިޑެންޓްވީ މަޣުރިބު ނަމާދުން ފައިބައިގެން ގެއަށް އައި މަގުމަތީގައި، މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓާއި ގުޅިގެން ޕިކަޕް ދުއްވި ޑްރައިވަރު ހައްޔަރުކޮށް ފުލުހުން އަންނަނީ މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް