ރާއްޖެ

ހުކުރު ދުވަހުވެސް ތެލަސީމިއާ ސެންޓަރުން ޚިދުމަތްދޭން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުކުރު ދުވަހުވެސް ތެލަސީމިއާ ސެންޓަރުން ޚިދުމަތްދޭން ފަށައިފި

ނިމިދިޔަ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގެ ވަކި ގަޑިތަކެއްގައި ތެލަސީމިއާ ސެންޓަރުން ޚިދުމަތް ދޭން ފަށައިފިއެވެ.

ތެލަސީމިއާ ސެންޓަރުން މިގޮތަށް ޚިދުމަތް ދޭން ފަށައިފިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވީ، އެ މަރުކަޒުގެ 31 އަހަރުގެ ދިގު ތާރީޚުގައިވެސް، މީގެ ކުރިން، ރަސްމީ ސިފައެއްގައި ހުކުރު ދުވަހު ޚިދުމަތްދީފައިނުވާކަމަށެވެ. އަދި ހުކުރު ދުވަހު އެކަނިވެސް، އެ މަރުކަޒުން، 14 މީހަކަށް ލޭ އެޅުމުގެ ޚިދުމަތްދީ، 5 މީހަކު ލޭ ހަދިޔާކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ރަމަޟާން މަސް ނިމުމުންވެސް، ހުކުރު ދުވަހުގެ ވަކި ގަޑިތަކެއްގައި ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް