Post banner
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެމްބަރުން ތަމްސީލްކުރާ ދާއިރާތަކަށް އިންޑިއާއިން ލެޕްޓޮޕް ހަދިޔާކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެމްބަރުން ތަމްސީލްކުރާ ދާއިރާތަކަށް އިންޑިއާއިން ލެޕްޓޮޕް ހަދިޔާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް އިންޑިއާއި ލެޕްޓޮޕް ހަދިޔާކުރި އިރު، އެ ލެޕްޓޮޕްތައް ހަދިޔާ ކުރާ ދާއިރާތައް ކަނޑައެޅީ އިންޑިއާ އެމްބަސީން ކަމެއް ނުވަތަ ރައްޔިތުންގެ މަޖިލީހުން ކަމެއް ސާފެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ބައެއް މެމްބަރުން ތަމްސީލް ކުރާ ދާއިރާތަކަށް އިންޑިއާއިން ލެޕްޓޮޕްތަކެއް ހަދިޔާކޮށްފިއެވެ.

މިލެޕްޓޮޕްތަކާއި ހަވާލުވެވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުއްﷲއެވެ. އިންޑިއާ އެމްބަސީގެ ފަރާތުން ލެޕްޓޮޕްތައް ހަދިޔާކުރެއްވީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

އިންޑިއާއިން ލެޕްޓޮޕް ހަދިޔާކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ތަމްސީލްކުރައްވާ ފޮނަދޫ ދާއިރާއަށާއި، އަނާރާ ނަޢީމް ތަމްސީލް ކުރައްވާ، ހުރާ ދާއިރާއަށާއި، ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކް ތަމްސީލް ކުރައްވާ މަނަދޫ ދާއިރާ އަށާއި، ރައީސުލްޖުމްހޫރިއްޔާގެ ކޮއްކޯފުޅު ސަޢުދާ ތަމްޞީލް ކުރައްވާ ނިލަންދޫ ދާއިރާގެ އިތުރުން، އަފޫ ހާމިދު ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އިތުރުން މުހައްމަދު ޝާމިން ތަމްސީލް ކުރައްވާ ކުރެންދޫ ދާއިރާއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް އިންޑިއާއި ލެޕްޓޮޕް ހަދިޔާކުރި އިރު، އެ ލެޕްޓޮޕްތައް ހަދިޔާ ކުރާ ދާއިރާތައް ކަނޑައެޅީ އިންޑިއާ އެމްބަސީން ކަމެއް ނުވަތަ ރައްޔިތުންގެ މަޖިލީހުން ކަމެއް ސާފެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް