Post banner
ރާއްޖެ

ހަލާކުވި ސަފާރީގެ ބައިތައް މާފުއްޓަށް ބަނދަރުތެރެއަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަލާކުވި ސަފާރީގެ ބައިތައް މާފުއްޓަށް ބަނދަރުތެރެއަށް

މާފުށީ ބޭރުތޮއްޓަށް ލައްވެ ހަލާކުވި ސަފާރީގެ ބައިތައް މާފުށީ ބަނދަރުގެ ތެރެއަށް ވަންނަމުންދާތީ އެތަކެތި ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

މާފުށީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި މޫސުން ގޯސްވެ ވައިގަދަވެ ކަނޑުގަދަ ވުމުގެ ސަބަބުން މިއަދު ހެނދުނުގެ ވަގުތެއްގައި ނަގިލި ކަހާލައިގެން މާފުށި ތޮށި މައްޗަށް ލައްވި، ރަށުގެ ބޭރުގައި އަޅާފައި އޮންނަ ސަފާރީ ބޯޓު ހަލާކުވެ އޭގެ ބައިތައް ކުދި ކުދި ވުމުގެ ސަބަބުން ރަށުގެ ފަޅުތެރެއަށް ދަނީ ލައްގަމުންނެވެ. އެހެންވެ މާފުށި ކައުންސިލް، މާފުށި ލޯކަލް އޮތޯރިޓީ ކުންފުނި، މާފުށި ފޮލިސް، ރަށުގެ އެހެނިހެން މުއައްސަސާތަކާއި، އެމް.ޓީ.ސީ.ސީ އަދި ރަށުގެ ރައްޔިތުން ގުޅިގެން މިހާރު އަންނަނީ މިތަކެތި ފަޅުރެތެއިން ނަގައި ސާފުކުރުމުގެ މަސައްކަތްކުރަމުންނެވެ.

ޕްރިންސެސް ލާލަ ނަމަކަށް ކިޔާ މިސަފާރީ ވަނީ، މިއަދު ހެނދުނު ހިނގި މިހާދިސާގައި އަލުން ބޭނުން ނުކުރެވޭވަރަށް މުޅިން ފުނޑުފުނޑުވެފައެވެ. މިސަފާރީއަކީ ރާބުއިމަށާއި އަދި ޕާޓީކުރުމަށް ބޭނުން ކުރަމުން އައި ސަފާރީބޯޓެއް ކަމުގައި މާފުށީގެ ބައެއް މީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް