Post banner
ރާއްޖެ

ހދ. ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތައް އުވާލައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހދ. ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތައް އުވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ---

ހދ. ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތަކާއި އެ ކައުންސިލްތަކުގެ އިދާރާތައް އިއްޔެއިން ފެށިގެން އުވާލައްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި އެއޮފީހުގެ ނަންބަރު 2026/12 ދެންނެވުމުގައެވެ.

ހިރިމަރަދޫ ކައުންސިލް އުވާލެއްވީ، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީއެވެ.

އަތޮޅު ކައުންސިލްތައް އުވާލެއްވީ، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙާ ގުޅިގެން، އަތޮޅު ކައުންސިލްތައް އުވައިލުމަށް ނިންމާފައިވާތީއެވެ. މި ނިންމެވުމަކީ އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެ މީހުންގެ މަގާމާ ހަވާލުވުމާއެކު ކައުންސިލްތައް އުވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީ ނިންމެވި ނިންމެވުމެއް ކަމުގައި އެދެންނެވުމުގައި ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް