މާފަންނުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާލެގެ މާފަންނުގައި ހުންނަ ޖަޔާކުޝަން ކައިރި ހުރި އިމާރާތެއްގައި ރޯވުން --- ފޮޓޯ: އެމްޑީއެމްއޭ
މާލެގެ މާފަންނުގައި ހުންނަ ޖަޔާކުޝަން ކައިރި ހުރި އިމާރާތެއްގައި ވަރަށް ބޮޑަށް ރޯވެއަނދައިފިއެވެ..
އެމްއެންޑީއެފް ގެ ފަރާތުން މައުލޫމާތުދޭ ގޮތުގައި މާފަންނުގައި ހުންނަ ޖާޔާކުޝަން ކައިރި ހުރި އިމާރާތެއްގައި އަލިފާން ރޯވުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މީގެ އިތުރުން އެންޑީއެމްއޭއިން ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެ އިދާރާއިން ހާމަކުރި ގޮތުގައި މިވަގުތު އަލިފާން ކޮންޓްރޯލްކުރެވިފައިވީ ނަމަވެސް، އެތަނުގައި ގުދަންކޮށްފައި ހުރީ ފޮތި ރޯލު ކަމުން، އަދިވެސް ބޯކޮށް ދުން އަރަމުންދާ ކަމަށެވެ.
މީގެ އިތުރުން ދެ ބުރިއަށް އިމާރާތްކޮށްފައިވާ އެ ތަނަކީ މީހުން ދިރިއުޅޭ ތަނެއް ނޫންކަމަށް އެމްޑީއެމްއޭއިން މައުލޫމާތުދެއެވެ. ނަމަވެސް، އެ އިމާރާތާއި ޖެހިގެން ހުރި ގޭގައި ދިރިއުޅެމުން ދިޔަ 10 ބިދޭސީއަކު ވަގުތީ ގޮތުން އިމާރާތުން ނެރެފައިވާ ކަމުގައި އެ އިދާރާއިން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް