މިއަހަރުގެ ހައްޖު ޚުޠުބާ ވިދާޅުވަނީ، ޢައްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޛައިފީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޢައްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޛައިފީ
ހައްޖު ޚުޠުބާ މިއަދު ދެއްވަނީ، އިމާމް ޢަލީ ބިން ޢަބްދުއްރަޙްމާން ޢަލް ޙުޛައިފީއެވެ.
ހައްޖު ޚުޠުބާ ފަށާފައިި ވަނީ މިއަދުގެ 12:19ގައެވެ. އެއީ ރާއްޖޭގަޑިން 2:19އެވެ.
ޙައްޖު ޚުޠުބާގައި އިސްލާމީ ޢުއްމަތުގެ މުހިއްމު ކަންކަމުގެ މައްޗަށް އަލި އަޅުވާލާނެއެވެ.
މިއަދު ހައްޖު ޚުޠުބާ ދެއްވާ، އިމާމް ޢަލީ ބިން ޢަބްދުއްރަޙްމާން ޢަލް ޙުޛައިފީއަކީ، މަސްޖިދުލް ހަރާމް އާއި، މަސްޖިދުލް ނަބަވީ އަދި ޤުބާ މިސްކިތުގައިވެސް އިމާމުވެ ނަމާދު ކުރައްވާ ބޭކަލެކެވެ.
އިމާމް ޢަލީ ބިން ޢަބްދުއްރަޙްމާން ޢަލް ޙުޛައިފީއަކީ މިހާރު އުމުރުފުޅުން، 79 އަހަރުފުޅުވެފައިވާ ބޭފުޅެކެވެ. އޭނާ އުފަންވެވަޑައިގަތީ، 22 މެއި 1947ގައި މައްކާގެ އަލްޤަރުނުލްމުސްތަޤީމް އަށެވެ.
އިމާމް ޢަލީ ބިން ޢަބްދުއްރަޙްމާން ޢަލް ޙުޛައިފީއަކީ، ހަމްބަލީ މަޒްހަބަށް ތަބާވެވަޑައިގަންވަނާ ޝައިޚެކެވެ، އޭނާ ދީނީ ތަޢުލީމް ޙާސިލްކުރެއްވީ، އަލް އަޒްހަރް ޔުނިވަރސިޓީ އިންނާއި ސަޢޫދީ ޢަރަބިއްޔާގެ އިމާމް މުޙައްމަދު ބިން ސައުދު އިސްލާމިކް ޔުނިވަރސީޓީންނެވެ. އޭނާ ވަނީ ދީނީ ތަޢުލީމުގެ ރޮނގުން ޕީއެޗްޑީވެސް ހާސިލްކުރައްވާފައެވެ.
އިމާމް ޢަލީ ބިން ޢަބްދުއްރަޙްމާން ޢަލް ޙުޛައިފީ، މަސްޖިދުއް ނަބަވީގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވަން ފަށާފައި ވަނީ، 1979 ވަނަ އަހަރުން ފެށިގެންނެވެ. އަދި މަސްޖިދުލްޙަރާމްގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވަން ފަށާފައި ވަނީ، 1981 އިން ފެށިގެންނެވެ. މީގެ އިތުރުން 1987 ވަނަ އަހަރާއި ހަަމައަށް ޤުބާމިސްކިތުގައިވެސް އިމާމުވެ ހުކުރު ކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް